ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން ވަގުތީގޮތުން އެމްއެމްއޭ އިން ހުއްޓާލައިފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އާބާދީ އާ އަޅާ ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރި ތަކަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައިވާ ކަމަށެވެ.
މިހެންކަމުން ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށް އެމްއެމްއޭގެ އިޢުލާނުގައި ބުނެފައި ވެއެވެ.
އެ އޮތޯރިޓީން ބުނީ ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާނެ ކަމަށެވެ. އަދި މަނީ ޗޭންޖަރުންނާ ގުޅޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް