ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބިއްޖެ

މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން އާއްމުކުރި މާލީ ތަފާސްހިސާބުތަ...

15 Oct 2020 | 09:49

މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 18.4 ބިލިއަން ރުފިޔާ އެވެ. އަދި ޚަރަދުގެ ގޮތުގައި 19.8 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ ނުވަ ބިލިއަން ރުފިޔާ އިތުރަށް ޚަރަދުވެފައިވާ ކަމަށް ތަފާސް ހިސާބުން ދައްކާ އިރު، ޓެކްސްގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ވަނީ ދައްކާފަ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ލިބިފައިވަނީ ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 592.1 މިލިއަން ރުފިޔާ އެވެ.

ފިނޭންސް އިން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 19.8 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައި ވަނީ 20.1 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް