ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ސަސްޕެންޝަން އުވާލައިފި އެވެ.
އޭނާ ވަޒީފާއިން ސަސްޕެންޑު ކުރީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޑަރު ގެންނަން ދުބާއީގެ ކުންފުންޏާއި ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން އަމަލު ކޮށްފައިވާތީ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ހުރިހާ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަސްޕެންޑު ކޮށްފައި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީިޑިއާގައި ވިދާޅުވީ ޑރ. ޝަހުގެ ސަސްޕެންޝަން އުވާލަން ނިންމީ ވެންޓިލޭޓަރު މައްސަލައިގަ އޭނާ ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވެފައި ނުވާކަމަށް އޭސީސީން ނިންމާފައިވާތީ ކަމަށެވެ. ހޫދު ވިދާޅުވީ ސަސްޕެންޝަން އުވާލިކަން އަންގައި އަންނަ ހަފްތާއިން ފެށިގެން ވަޒީފާއަށް ނިކުތުމަށް ޝާހުއަށް އަންގަވާފައިވާ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނީ އެ މައްސަލައިގަ ޝާހުއަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ،
ދުބާއީ ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާކަން ފަޅާ އެރީ އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ އާއި ޑިރެކްޓަރު ނައުޝާދު އަލީ ހިމެނޭ ގޮތުން 11 މީހަކަށް ދައުވާކުރުމަށް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް