އެންމެ މުހިންމު ކަމަކީ ގައިޑްލައިންތަކަށް ބޯލަނބައި ފަތުރުވެރިކަމުގެ ސިނާޢަތަށް އެއްބާރުލުން ދިނުން: ޑރ. މައުސޫމް

މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ގައިޑްލައިންތަކަށް ބޯލަނބައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުމަށް ރައްޔިތުންނާއި ވިޔަފާރވެރިންގެ އެއްބާރުލުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވ...

15 Oct 2020 | 09:31

މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ގައިޑްލައިންތަކަށް ބޯލަނބައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުމަށް ރައްޔިތުންނާއި ވިޔަފާރވެރިންގެ އެއްބާރުލުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ނުވަ ރަށެއްގައި ގެސްޓުހައުސްތައް ހުޅުވައިލުން ފާހަގަކުރުމަށް ކ. މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޑރ. މަޢުޞޫމް ވިދާޅުވީ މި ދަނޑިވަޅުގައި ވެސް ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ގޮތަކަށް ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ޞާލިޙްގެ އެންމެ އިސް އަމާޒުކަމަށެވެ.

އެ ގޮތުން އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ ހެލްތު އެންޑް ސޭފްޓީ ގައިޑްލައިނެއް އެކުލަވައިލާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"މާފުށްޓަކީ 2008 ވަނަ އަހަރު އެންމެ 10 އެނދުގެ ގެސްޓުހައުސްއަކާއެކު ރާއްޖެއަށް ލޯކަލް ޓުއަރިޒަމް ތަޢާރަފްކޮށްދިން ރަށެއް. އެކަމަކު އެއާއި ޚިލާފަށް މިއަދުގެ މާފުށްޓަކީ މަޝްހޫރު ރިސޯޓުތަކަށްވުރެ އެނދުގެ އަދަދު ގިނަ ރަށެއް." ޓުރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ މި ދަނޑިވަޅުގައި އަމާޒަކަށްވާން ވާނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކަށް ދިވެހިން ގެނެސް، ޒުވާން ޖީލު ބާރުވެރިކުރުވުން ކަމަށެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ގެސްޓުހައުސްތައް އަލުން ހުޅުވާލާފައި މިވަނީ ގެސްޓުހައުސްތައް ބަންދުކުރިތާ 212 ދުވަސް ފަހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް