އޭޑީކޭ ހޮސްޕިޓަލްގެ ފާހާނާތަކުގައި ބަހައްޓާފައި ހުންނަ އަތް ހިއްކާ މެޝިނުތައް ވަގަށް ނަގާ މައްސަލަ ބޮޑު ވެއްޖެ އެވެ.
އެ މައްސަަލަ ބޮޑުވެގެން އެ ހޮސްޕިޓަލުން ރޭ ވަނީ އެމީހާ އަންހެނުންގެ ފާނާހާނާ އަށާއި ފިރިހެނުންގެ ފާހާނާއަށް ވަންނަ ވީޑިއޯ އާންމުކޮށްފައި އެވެ. މާސްކު އަޅައިގެން ހުންނަ އެމީހާ އުޅެނީ ކޮނޑުގައި ދަބަހެއް އަޅުވައިގެންނެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭޑީކޭއިން ބުނީ އާންމު ފާހާނާތަކުގައި ހާއްސަ އަތް ހިއްކާ މެޝިންތައް ހަރުކުރީ ވަރަށް ފަހުން ކަމަށެވެ. އަދި އަތް ދޮވުމަށްފަހު އަތް ހިއްކުމަކީ ސާފުތާހިރުވުމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަން އެ ހޮސްޕިޓަލުން ފާހަގަ ކުރިއެވެ.
އަދި ހިތާމައަކީ އެތަކެތި ވަގަށް ނެގުން ކަމަށް ބުނެފައިވެ އެވެ.
https://twitter.com/ADKHospital/status/1316429930205454336
ރާއްޖޭގައި ކޯވިޑް-19 ފެތުރެންފެށި ދުވަސްވަރު އޭޑީކޭ ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލަށް ދާ މީހުން އަތް ދޮވުމަށް ހޮސްޕިޓަލްގެ އެކި ސަރަހައްދުތަކުގެ ފާރުގައި ހަރުކޮށްފައި ހުރި ސެނެޓައިޒާ ފުޅިތައް ވަގަށް ނަގަމުންދާ ކަމަށް ބުނެ އެމީހާ ހޯދުމަށް ވީޑިއޯ އާންމު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް