ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަޝްރުއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރަމުން ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 31 ޕަސެންޓް ވަނީ ނިމިފައި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއު ނިމޭއިރު 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއުގ ދަށުން 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.
އަދި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖަހާނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެހެންދޫ ބަނދަރުގެ މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.
މި މަޝްރޫޢުއަކީ 49.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް