ގެސްޓު ހައުސް ވިޔަފާރި ހިންގޭނެ، ޓޫރިސްޓުންގެ ފަރާތުން ރާއްޖޭގައި ކޯވިޑް ނުފެތުރޭ!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓުރިސްޓުން އައުން މަނާ ކުރީ މމިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އޭރު ރާއްޖޭގައި ބަލި ފެންނަމުން ދިޔައީ ރާއްޖެ އައިސް ތިބި ޓޫރިސްޓުންގެ ފަރާތުންނ...

15 Oct 2020 | 06:27

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓުރިސްޓުން އައުން މަނާ ކުރީ މމިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

އޭރު ރާއްޖޭގައި ބަލި ފެންނަމުން ދިޔައީ ރާއްޖެ އައިސް ތިބި ޓޫރިސްޓުންގެ ފަރާތުންނެވެ. އާންމުންގެ މެދުގައި ބަލި ފެތުރޭކަން އެނގުނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ.

ރިސޯޓުތަކާއި ސަފާރީތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ މިދިޔަ ޖުލައި 15 ވަނަ ދުވަހު ދޭން ފެށި އިރު މިއަދު ވަނީ ރަށްރަށުގައި ހިންގާ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދީފައި އެވެ. މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުމަށް ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައި އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގުމުގެ ހުއްދަ މިއަދުން ފެށިގެން ދޭން ފެށީ ބަލި ނުފެތުރޭނެ ގޮތްތަކާއި ގުޅޭގޮތުން މުހިންމު ފިޔަވަޅެއް އެޅުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ރިސޯޓުތައް އަލުން ހުޅުވާލައިގެން މިހާތަނަށް އައި އިރު ޓޫރިސްޓުންގެ ފަރާތުން ބަލި ފެތުރެމުން ނުދާ ކަމަށެވެ.

ހަސަން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އާއި ކަމާ ބެހޭ ފަރާތްތަކުން ކޮންމެ ދާއިރާއަކަށް ހާއްސަކޮށްގެން އެކުލަވާލަމުންދާ ގަވައިދުތަކަކީ ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވާނެ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެ ގަވައިދުތަކަށް އަމަލު ކުރާނަމަ ގެސްޓު ހައުސްތަކަސް ދާ ޓޫރިސްޓުންގެ ފަރާތުން ރަށު ތެރެއަށް ބަލި ނުފެތުރޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ހަސަން ވިދާޅުވީ ހުރިހާ ކަމެއް ރަނގަޅަށްދާ ނަމަ ގެސްޓްހައުސް ވިޔަފާރި ފަދަ މުހިއްމު އިގުތިސާދީ ހަރަކާތެއް ހުއްޓާލައިގެން ތިބެން ޖެހޭ ވަރުގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަށްރަށަށް ހޯމް ކަރަަންޓީނަށް މީހުން ފޮނުވުމުން ވެސް ކަންތައްތައް ގޮސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެންވެ ރައްކާތެރިކަމާ އެކު ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަަމަށެވެ.

މިވަގުތު ކޯވިޑަށް ޕޮސިޓިވް މީހުން 19 ރިސޯޓެއްގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ޓޫރިސްޓުންނާއި 19 މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް