މޫސުން ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން ހުޅުމާލޭ ހައިވޭ އާއި ބްރިޖާ ގުޅޭ ކަންމަތީ ހުރި ޓްރެފިކް ލައިޓެއް ހަލާކުވެއްޖެ

މޫސުން ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން ހުޅުމާލޭ ހައިވޭ އާއި ބްރިޖާ ގުޅޭ ކަންމަތީ ހުރި ޓްރެފިކް ލައިޓެއް ހަލާކުވެއްޖެ އެވެ. ހުޅުމާލޭ ހައިވޭ އާއި ބްރިޖާ ގުޅޭ ކަންމަތި ހުޅުމާލެއިން މާލެ އަންނަ ފަޅީގައި ...

15 Oct 2020 | 06:10

މޫސުން ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން ހުޅުމާލޭ ހައިވޭ އާއި ބްރިޖާ ގުޅޭ ކަންމަތީ ހުރި ޓްރެފިކް ލައިޓެއް ހަލާކުވެއްޖެ އެވެ.

ހުޅުމާލޭ ހައިވޭ އާއި ބްރިޖާ ގުޅޭ ކަންމަތި ހުޅުމާލެއިން މާލެ އަންނަ ފަޅީގައި ހުންނަ ލައިޓު ހަލާކުވުމާއި ގުޅިގެން، ފުލުހުން އަންނަނީ އެސަރަހައްދުގެ ޓްރެފިކް މެނުއަލް ކޮށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލައިޓު މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ އިން ކުރަމުން އަންނަ ކަމަށާއި މަސައްކަތް ނިމި، މިއަދު ލައިޓު ބޭނުންކުރެވޭވަރު ވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދު މާލެ ސަރަހައްދުގެ މޫސުން ގޯސްވެ ހެނދުނު 07:30 ގައި 45 މޭލަށް ވައި ޖެހިފައިވާ ކަމަށް ވަނީ ރެކޯޑު ކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް