50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލުނެރެފި

50 މޭލު ބާރަުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ. މިއަދުގެ 11:45 އާއި ހަމައަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން...

15 Oct 2020 | 03:39

50 މޭލު ބާރަުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދުގެ 11:45 އާއި ހަމައަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ށ.އަތޮޅާއި އދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެކަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް ވެސް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

އެހެން ކަމުން ކަނޑު ދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް