ޔޫއެފާ ނޭޝަންސް ލީގު: އިންގްލެންޑް އަދި ކްރޮއޭޝިއާ ބަލިވިއިރު، އިޓަލީއަށް ވެސް މޮޅެއް ނުވެވުނު

މިހާރު ފެށިގެން ކުރިޔައްދާ ޔޫއެފާ ނޭޝަަސް ލީގުގައި ރޭ ވެސް ފޯރިގަދަ ގިނަ މެޗުތަކެއް ވަނީ ކުޅެވިގެން ގޮސްފައެވެ. ޔޫރަޕްގެ ނަން މަޝްޙޫރު ގިނަ ގައުމުތަކެއް ރޭ ކުޅެފައިވާއިރު، އޭގެތެރެއިން ބައެއް ގައުމުތަ...

15 Oct 2020 | 03:25

މިހާރު ފެށިގެން ކުރިޔައްދާ ޔޫއެފާ ނޭޝަަސް ލީގުގައި ރޭ ވެސް ފޯރިގަދަ ގިނަ މެޗުތަކެއް ވަނީ ކުޅެވިގެން ގޮސްފައެވެ.

ޔޫރަޕްގެ ނަން މަޝްޙޫރު ގިނަ ގައުމުތަކެއް ރޭ ކުޅެފައިވާއިރު، އޭގެތެރެއިން ބައެއް ގައުމުތައް ވަނީ ހީވެސް ނުކުރާ ނަތީޖާތަކުން ބަލިވެފައެވެ.

އެގޮތުން ރޭ ރާއްޖޭ ގަޑިން 11:45 ގައި ޔޫއެފާ ނޭޝަންސް ލީގުގެ 20 މެޗެއް ވަނީ ކުޅެފައެވެ. ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު، ނެދަލެންޑްސް އިޓަލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އިންގްލެންޑް ވަނީ ޑެންމާކް އަތުން 0-1 އިން ބަލިވެފައެވެ. އަދި ކްރޮއޭޝިއާ އާއި ފްރާންސް ބައްދަލުކުރި މެޗުން 1-2 އިން ފްރާންސް މޮޅުވިއިރު، ރޮނާލްޑޯއާއި ނުލާ ސްވިޑެންއާއި ދެކޮޅަށް ކުޅެ ޕޯޗުގަލް ވަނީ 0-3 އިން މޮޅުވެފައެވެ.

ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަށް:

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ޕޯލަންޑް ވަނީ 0-3 އިން ބޮސްނިއާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ބެލްޖިއަމް ވަނީ 1-2 ގެ ނަތީޖާއިން އައިސްލޭންޑްގެ މައްޗަށް ކުރި ހޯދާފައެވެ.

ނޯވޭއާއި ނޯދަން އަޔަލޭންޑް ބައްދަލުކުރި މެޗު 0-1 އިން ނޯވޭ ކާމިޔާބު ކުރިއިރު، އޮސްޓްރިއާއިން ވަނީ 0-1 ގެ ނަތީޖާއަކުން ރޫމޭނިއާ ބަލިކޮށްފައެވެ.

ސްކޮޓްލެންދް އަތުން 0-1 އިން ޗެކްރިޕަބްލިކް ބަލިވިއިރު، ސްލޮވޭކިއާ ވެސް ވަނީ 2-3 ގެ ނަތީޖާއިން އިސްރާއީލް އަތުން ބަލިވެފައެވެ. އަދި ރަސިއާ ހަންގޭރީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ތުރުކީ އަދި ސާބިއާ ބައްދަލުކުރި މެޗުވެސް ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އަޔަލެންޑްގެ މައްޗަށް 0-1 އިން ފިންލެންޑް ކުރި ހޯދިއިރު، ވޭލްސްއިން ވަނީ ބަލްގޭރިއާގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

އެސްޓޯނިއާ އަދި އާމީނިއާގެ މެޗު 1-1 އިން އެއްވަރުވި އިރު، ޖޯޖިއާއާއި ނޯތް މެސަޑޯނިއާ ބައްދަލުކުރި މެޗުވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ.

ގްރީސް އަދި ކޮސޯވޯ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ސްލޮވޭކިއާ އިން ވަނީ މޯލްޑޯވާ 0-4 އިން ބަލިކޮށްފައެވެ.

ލިޔުއޭނިއާ އަދި އަލްބޭނިއާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބެލަރޫސްއިން ވަނީ 0-2 ގެ ނަތީޖާއަކުން ކަޒަކިސްތާން ބަލިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް