މިއަހަރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓްބޯޅަ ކުޅުންތެރިއަކަށްވެ ދުނިޔޭގެ ބިލިޔަނަރުންގެ ލިސްޓުގައި ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިމެނިއްޖެއެވެ.
މިއަހަރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓްބޯޅަ ކުޅުންތެރިއަކަށްވެ ދުނިޔޭގެ ބިލިޔަނަރުންގެ ލިސްޓުގައި މެސީ ހިމެނުނުއިރު، މީގެ ކުރިން އެ ލިސްޓުން ޖާގަ ހޯދާފައިވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އެމެރިކާގެ މަޝްޙޫރު ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކުވެސް އާންމުކުރާ މި ލިސްޓުގައި އެތްލީޓުން ހިމަނަނީ ފާއިދުވި 12 މަހުގެ ތެރޭ ކުޅުންތެރިންގެ މުސާރަ އާއި، އިނާމު ފައިސާ އަދި އިޝްތިހާރުތަކުން ލިބޭ ޖުމްލަ އާމްދަނީއަށް ބަލައިގެންނެވެ.
އެގޮތުން މިއަހަރު ފޯބްސްއިން ނެރެ އާންމު ކުތި ލިސްޓުގެ އެންމެ ކުރި ލިބިފައިވަނީ މެސީއަށެވެ.
އެގޮތުން މެސީއަށް މިއަހަރުގެ ތެރޭގައި 126 މިލިޔަން ޑޮލަރުގެ އާމްދަނީއެއްގެ ގޮތިގައި ލިބިފައިވާއިރު، ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު މެސީއަށް ވަނީ މުސާރައިގެ ގޮތުގައި 92 މިލިޔަން ޑޮލަރު ލިބިފައެވެ. އަދި މީގެ އިތުރުން ބާކީ 34 މިލިޔަން ޑޮލަރު އޭނާއަށް ލިބުނީ އިޝްތިހާރު ތަކުންކަމަށް ފޯބްސްގެ ބަޔާނުގައި ވެއެވެ.
މި ލިސްޓުގެ ދެވަނަ ލިބިފައިވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ރޮނާލްޑޯއަށް މިއަހަރު 117 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
މި ލިސްޓުގެ ތިންވަނަ ލިބިފައިވަނީ ނޭމާ އަށެވެ. އެގޮތުން ނޭމާއަށް 96 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
ލިސްޓުގެ ހަތަރު ވަނަ ލިބިފައިވަނީ އެމްބާޕޭއަށެވެ. އެމްބާޕޭ އަށް ވަނީ 42 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
ލިސްޓުގެ ފަސްވަނަ މުޙައްމަދު ސަލާހު އަށް ލިބުނުއިރު އޭނާއަށް އާމްދަނީގެ ގޮތުގައި 37 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ލިސްޓުގެ ހަވަނަ 34 މިލިއަން ޑޮލަރުގެ އާމްދަނީ އަކާއި އެކު ލިބުނީ ޕައުލް ޕޮގްބާއަށެވެ.
އަދި ލިސްޓުގެ ހަތްވަނަ 33 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކު އެންޓޮއިން ގްރީޒްމަން އަށް ލިބުނުއިރު، ލިސްޓުގެ އަށްވަނަ ލިބުނީ 29 މިލިޔަން ޑޮލަރުގެ އާމްދަނީއަކާއެކު ގެރެތު ބޭލް އަށެވެ.
ލިސްޓުގެ ނުވަވަނަ 28 މިލިޔަން ޑޮލަރުގެ އާމްދަނީއަކާއެކު ރޮބަޓް ލެވަންޑޯސްކީއަށް ލިބުނުއިރު، ލިސްޓުގެ ދިހަވަނަ 27 މިލިއަން ޑޮަލަރުގެ އާންދަނީ އަކާއި އެކު ލިބިފައިވަނީ ޑޭވިޑް ޑެހެއާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް