ރާއްޖެއިން އިތުރު85 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އިރުއޮއްސި 6:00 ގެ ނިޔަލަށް މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 83 މީހުންނެވެ. އަތޮޅު ތެރެއިން މިއަދު ޕޮސިޓިވްވެފައިވަނީ ދެ މީހުންނެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި 39 ބިދޭސީންނެވެ.
އެޗްޕީއޭއިން ބުނީ މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 1،560 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 111 މީހަކަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން7،729 މީހުން ވަނީ ރަނގަޅޫވެފައި އެވެ. މިއަދު އެކަނިވެސް193 މީހަކު ކޯވިޑުން ރަނގަޅުވެފައިވެ އެވެ.
https://twitter.com/HPA_MV/status/1305914250557353984
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް