އާސެނަލްގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމާ ޕިއޭ-އެމެރިކް އޮބާމަޔަން އެއްބަސްވުން އާކޮށްފިއެވެ.
އާސެނަލްގެ ކެޕްޓަން ކަން ކުރަމުން އަންނަ އުމުރުން 31 އަހަރުގެ އޮބާމަޔަން އިތުރު 3 އަހަރު ކުލަބުގައި މަޑުކުރަން ނިނަމާ އައު އެއްބަސްޗުމުގައި ސޮއިކުރިއިރު، އޭނާ އާސެނަލާއެކު މިހާރު ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ނިޔަލަށެވެ.
މިހާރު ސޮއިކުތި އިތުރު 3 އަހަރާއި އެކު އޮބަމަޔަން އެހެންކަމުން އާސެނަލްގައި 2023 ވަނަ އަހަރުގެ ނިޔަލަށް އާސެނަލް ގައި މަޑުކުރާނެއެވެ.
އައު އެއްބަސްވުމާއެކު އޮބާމަޔަންއަށް ހަފުތާއަކު 250،000 (ދެ ލައްކަ ފަންސާސް ހާސް) ޕައުންޑްގެ މުސާރާއެއް ލިބޭނެކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.
އާސެނަލްގެ މި އެއްބަސްވުން އާކުރުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން އޮބާމަޔަން ބުނީ އޭނާ އާސެނަލްގައި މަޑުކުރަން ނިންމީ އެ ކުލަބުގެ ލެޖެންޑަކަށް ވާން ބޭނުންވާތީ ކަމަށާއި އަދި އެ ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
އިތުރަށް އޮބާމަޔަން ބުނީ އާސެނަލްއާއި އެކު އިތުރު ކާމިޔާބީތަށް ވެސް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން އާސެނަލްގައި މަޑުކުރަން ބޭނުންކަމަށް ވެސް އޮބާމަޔަން ބުންޏެވެ.
ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް އިން 2018 ވަނަ އަހަރު އާސެނަލަށް އާއި ގުޅުނު އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 108 މެޗުގައި 68 ލަނޑު ޖަހާފައެވެ.
މީގެ އިތުރުން އޭނާ ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ އިތުރުން މި ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް ވެސް އާސެނަލް އާއި އެކު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް