އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނައިފަރަށް ތަޢާރަފްކޮށްފި

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ޅ. ނައިފަރަށް ތައާރަފްކޮށްފިއެވެ. އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ...

15 Sep 2020 | 15:10

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ޅ. ނައިފަރަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ "އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، އިންޓަރނެޓަށް ބަރޯސާވެފައިވާ މިނަވަރު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުން" ކަމަށާއި " އެހެންކަމުން އަޅުގަނޑުމެންގެ މަގްސަދަކީ ފެންވަރު ރަނގަޅު އިންޓަރނެޓް ގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުން." ކަމަށެވެ.

އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ޅ. ނައިފަރުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއެކު އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަރނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، ނައިފަރުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، އިންޓަރނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް