ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ރާއްޖެ އަށް ސޭފް ޓްރެވެލްސް ސްޓޭމްޕް ދީފި އެވެ.
ޑަބްލިއުޓީޓީސީން ރާއްޖެއަށް ސޭފް ޓްރެވެލްސް ސްޓޭމްޕް ދިނީ އެ ޖަމާއަތުގެ ސޭފް ޓްރެވެލް ޕްރޮޓޮކޯލާ އެއްގޮތަށް، ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ބަލައިގެންފައިވާތީ އެވެ. ސޭފް ޓްރެވެލްސް ސްޓޭމްޕަކީ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އާއި 200 އަށް ވުރެ ގިނަ ޓްރެވެލް ކުންފުނިތަކުން ބަލައިގެންފައިވާ މިންގަނޑެކެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކުގެ އިތުބާރު އުފައްދައި، ޓޫރިޒަމް އިންޑަސްޓްރީ އަލުން ހުޅުވައިލުމަށް ރާއްޖޭގެ ހުރިހާ ދާއިރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތް ވެސް ޑަބްލިއުޓީޓީސީން ވަނީ ބަލައިގެންފަ އެވެ. މި ސްޓޭމްޕުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަަދު އިތުރުވުމަށް އެހީތެރިވާނެ ކަަށެވެ.
ދަތުރު ކުރުމަށް ރައްކާތެރި ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުނު އިރު ކޯވިޑް-19 އާއި ގުޅިގެން ޓޫރިސްޓުން ރާއްޖެ އެތެރެވުމުގައި އަމަލު ކުރަމުން އައި އުސޫލަށް ވަނީ މިމަހުގެ 10 ވަނަ ދުވަހު ބަދަލު ގެނެސްފައި އެވެ. އެ ބަދަލާއި އެކު ރާއްޖެ އަންނަ ޓޫރިސްޓުން އަތުގައި ކޯވިޑް ނެގަޓިވްކަން އަންގައިދޭ ރިޕޯޓު އޮންނަން ޖެހެ އެވެ.
އެޗްއީއޯސީން ބުނީ އެގޮތަށް ނިންމީ ރިސޯޓުތަކާއި އާންމުންގެ މެދުގައި ބަލި ފެތުރުން ހުއްޓުވުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް