ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތިން ސްކޫލް އިމާރާތް ކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އަޅަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްާ ފައިނޭންސް އ...

15 Sep 2020 | 08:17

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އަޅަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްާ ފައިނޭންސް އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މި ތިން ސްކޫލުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ހުޅުވާލަނީ އިންޓަނޭޝަނަލް ކޮމްޕެޓިޝަން ބިޑިން (އައިސީބީ) އުސޫލުންނެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 19 އާއި ހަމައަށް ފިނޭންސް މިނިސްޓްރިގައި ރެޖިސްޓްރީ ކުރަން ޖެހެއެވެ. ކޮންމެ ބީލަމެއްގައި ރެޖިސްޓްރީ ވުމަށް 1،500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބިޑް ސެކިޔުރިޓީގެ ގޮތުގައ 850،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭނެ އެވެ. އެއީ ކޮންމެ ސްކޫލަކަށް ވަކިން ހުށަހަޅަން ޖެހޭ އަދަދެވެ.

މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީ އާއި މުއާމަލާތް ކުރަން ޖެހެނީ އޮންލައިންކޮށެވެ. އެގޮތުން އެ މިނިސްޓްރީެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) ފައިސާ ދައްކައި އީމެއިލް މެދުވެރިކޮށް ލޔެކިޔުންތަކާއި ފައިސާގެ ރަސީދު ފޮނުވުމަށް އެދިފައިވެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް