ކޯވިޑް-19 އާ ގުޅިގެން ހަދާފައިވާ އުސޫލުތަކުގެ ބޭނުމަކީ ފިޔަވަޅު އެޅުން ނޫން ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައެއް ފަރާތްތަކުން މަޢުލޫމާތު ދިނުމަށް ޖެހިލުންވާ ކަމަށެވެ.
އެހެންކަމުން ދޮގު މަޢުލޫމާތު ދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލީގަލް ޓީމަށް ފޮނުވާ ކަމަށާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ހުއްޓަސް ބޭނުމަކީ ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއަށް ދޮގު މަޢުލޫމާތު ދޭ ފަރާތްތައް ޢާންމުކުރިމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންއަށް ސީދާ ދޮގު މަޢުލޫމާތު ދިން ފަރާތްތަކަށް ސައްޙަ މަޢުލޫމާތު ދިނުމަށް އެފަރާތްތަކަށް ޑެޑްލައިނެއް ދީފައިވާ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން އަކީވެސް އެންމެންގެ ރައްކާތެރިކަމަށް ކުރާ ކަމެއް ކަމަށާއި ބަލި ކޮންޓްރޯލު ކުރުމަށް މިވަގުތަށް އެންމެ މިހުންމު އެއް ޓޫލްސް އަކީ ކޮންޓެކްޓް ޓްރޭސިން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް