ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ސްރީ ލަންކާގައި ޕޮޒިޓިވް ކޭސް ފެންނަ އަދަދު އިތުރުވާން ފަށައިފިއެވެ.
އެގޮތުން އިއްޔެ އެކަނި ޕޮޒިޓިވް ވި އަދަދު އުޅެނީ 39 ގައެވެ. މިއީ ފާއިތުވި ދެ ހަފްތާއަށް ބަލާއިރުވެސް އެ ގައުމުގައި އެންމެ ގިނައިން މީހުން ޕޮޒިޓިވް ވި ދުވަހެވެ.
ލަންކާގެ ތަފާސް ހިސާބު ފާއިތުވި ހަތަރު ދުވަހަށް ބަލާލާއިރު 10 ސެޕްޓެމްބަރުގައި ޕޮޒިޓިވް ވެފައިވަނީ އެންމެ އަށް މީހުންނެވެ. 11 ސެޕްޓެމްބަރުގައި 14 މީހަކު ޕޮޒިޓިވް ވެފައިވާއިރު 12 ސެޕްޓެމްބަރުގައި 26 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ލަންކާގައި ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދަކީ 3262 އެވެ. މަރުވި މީހުންގެ ޖުމްލަ އަދަދަކީ 13 އެވެ. މި އަދަދު ތަކަކީ ރާއްޖެއާއި އަޅާ ބަލާއިރު ނިސްބަތުން ވަރަށް މަދު އަދަދުތަކެކެވެ.
ރާއްޖެއެކޭ އެއްފަދައިން ލަންކާގައިވެސް ލޮކްޑައުން އިއުލާނުކުރިއެވެ. 20 މާރިޗުން 11 މެއި އަށް ލޮކްޑައުން ހިންގުމަށްފަހު ލޮކްޑައުން އުވާލީ އަދަދުތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ. ލޮކްޑައުން އުވާލުމަށްފަހުވެސް ލަންކާއިން ވަނީ އަދަދުތައް ވަރަށް ބޮޑަށް ދަށުގައި ހިފަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް