މިއަދު ރާއްޖެއިން އިތުރު 107 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕިއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލޭ ސިޓީން 104 މީހުންނާއި އަތޮޅު ތެރެއިން ތިން މީހަކު ކަމަށެވެ.
މިއަދު ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި 34 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހުންނާއި އިންޑިއާގެ ތިން މީހުން އަދި ފިލިޕީންސްގެ މީހަކާއި ސްރީލަންކާ މީހެކެވެ.
މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 2،449 މީހުންނަށެވެ. އޭގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. އަދި 1،518 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 3،208 މީހުންނެވެ.
މިހާތަނަށް ބަލި ޖެހިފައިވަނީ 5،679 މީހުންނަށެވެ. އޭގެ ތެރެއިން 22 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް