ކުރިނބީން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ކުރިނބީން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ މީޑިއާ އޮފިސަރު އަބްދުﷲ ޝަފީއު ވިދާޅުވީ އެ ރަށުން ޕޮޒި...

15 Aug 2020 | 13:24

ހދ. ކުރިނބީން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ މީޑިއާ އޮފިސަރު އަބްދުﷲ ޝަފީއު ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޕޮޒިޓިވް ވީ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލުގެ ނައިބުރައީސް އަބްދުލްފައްތާހް އަބޫބަކުރު ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ އެ ރަށު މީހަކާ އިނދެގެން އުޅޭ މީހެއް ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާ ހުރީ ހޯމް ކަރަންޓީނުގައި ކަމުން އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިނުވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް