މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅަނީ ޑިއާރުޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޑިއާރުޕީން ބުނީ މި މައްސަލަ އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ޖާބިރު ހުށަހަޅުއްވާ ކުއްލި މައްސަލަ އާއި ގުޅޭގޮތުން އެ ޕާޓީން ބުނީ މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭތީ މަސްވެރި އާއިލާތައް ބިކަވަމުންދާ ކަމަށެވެ. ޑިއާރުޕީން ބުނީ މި މައްސަލައިގަ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ސުވާލު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
ޑިއާރުޕީން ބުނީ އެ ޕާޓީން މަޖިލީހަށް މަސްވެރިންނާއި ގުޅޭ މިފަދަ މައްސަލަތައް ހުށަހަޅާނެ ކަމަށެވެ. އަދި މަސްވެރިންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
https://twitter.com/drpmaldives/status/1294516972554600448
މަސްވެރިން ބާނާ މަހުގެ އަގު ވަގުތުން ނުވަދަ ދުވަހުން ދުވަހަށް ނުލިބުމަކީ އަބަދުވެސް މަސްވެރިން ކުރާ ޝަކުވާއެކެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ސިފާސީ ފަރާތްތަކުން މަސްވެރިންނާއި ވާ އެންމެ ބޮޑު އެއް ވައުދަކީ ސަރުކާރުގެ މަސްކުންފުންޏަށް ވިއްކާ މަހުގެ އަގު ދުވަހުން ދުވަހަށް ލިބޭނެ ގޮތް މަސްވެރިންނަށް ހަދައިދޭނެ ކަމަށް ބުނެ ވާ ވައުދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް