ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 3،000 އަށް އަރައިފި

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 3،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި ރާއްޖެއިން މިހާތަނ...

15 Aug 2020 | 07:39

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 3،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 3،010 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އެއީ މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 54 ޕަސެންޓު މީހުންނެވެ.

ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަޑުތަކަށް ބަލައި ކޯވިޑް-19 އިން ރަނގަޅުވިކަމަށް އެޗްޕީއޭއިން ބަލަނީ އެއްވެސް އަލާމާތެއް ނެތް ނަމަ ބައްޔަށް ޕޮސިޓިވްވާތާ 21 ދުވަހަށެވެ. އޭގެ ފަހުން އިތުރަށް ޓެސްޓު ކުރުމަކައި ނުލައި ދޫކޮށްލަ އެވެ.

މިގޮތަށް ދޫކޮށްލާ މީހުންގެ ތެރެއިން ބައެއް މީހުން މަދުވެގެން ތިން މަސް ތެރޭގައި ޕޮސިޓިވްވިއަސް އެއީ އަލުން ކޯވިޑަށް ޕޮސިޓިވްވީ ކަމަށް ނުބަލާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެ މުއްދަތުގެ ތެރޭގައި ކުރާ ޓެސްޓަކުން ކޯވިޑްއަށް އަލުން ޕޮސިޓިވް ވިޔަސް އެއީ ހަށިގަނޑުގެ ތެރޭގައި ވައިރަހުގެ އަސަރު ހުރުމުން ޕޮސިޓިވް ކަމަށް ދައްކަނީ ކަމަށް ވިދާޅުވެ އެވެ.

މިހާތަނަށް ކޯވިޑާއި ގުޅިގެން ހެދި އެއްވެސް ދިރާސާއެއްގައި ދެވަނަ ފަހަރަށް މި ބަލި ޖެހޭ ކަން ހާމަވެފައެއް ނުވެ އެވެ.

ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ރާއްޖޭގައި އާންމުކޮށް ޖެހެމުންދަނީ ޒުވާން އުމުރުފުރާގެ މީހުންނަށެވެ. އެހެންވެ އާންމުކޮށް ބަލި ޖެހޭ މީހުންގެ ހާލު ރަނގަޅު އިރު ސީރިއަސް ހާލަތަކަށް މިހާތަނަށް ރާއްޖެއިން ގޮސް އަދި މި ބަލީގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 5،572 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 22 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި ފަސް ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް