ކަސައުޓީގައި ބަޖާޖްގެ ރޯލު ކަރަން ދޫކޮށްލި ސަބަބު ހާމަކޮށްފި

ހިންދީ ޑްރާމާ ސިލްސިލާ ކަސައުޓީ ޒިންދަކީ ކީ ގެ އެންމެ ވަރުގަދަ އެއް ރޯލު ކަމަށްވާ މިސްޓާ ބަޖާޖްގެ ރޯލު ކުރި ކުޅުނު ކަރަން ސިންގ ގްރޯަރު އެ ޝޯ ދޫކޮށްލި ސަބަބު ހާމަކޮށްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ޝ...

15 Aug 2020 | 04:17

ހިންދީ ޑްރާމާ ސިލްސިލާ ކަސައުޓީ ޒިންދަކީ ކީ ގެ އެންމެ ވަރުގަދަ އެއް ރޯލު ކަމަށްވާ މިސްޓާ ބަޖާޖްގެ ރޯލު ކުރި ކުޅުނު ކަރަން ސިންގ ގްރޯަރު އެ ޝޯ ދޫކޮށްލި ސަބަބު ހާމަކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ޝޯގެ ޝޫޓިންތައް މެދުކަނޑާލާފައި އޮންނަތާ ތިން މަސް ފަހު އަލުން މަސައްކަތް ފެށީ މިދިޔަ ޖުލައި ފުރަތަމަ ހަފްތާގައި އެވެ. އެކަމަކު ކަރަން ވަނީ ޝޯ އާއި އަލުން ގުޅެން ދެކޮޅު ހަދައި އެ ސިލްސިލާ ކުޅުން ހުއްޓާލާފައި އެވެ.

ކަރަން ގްރޯވަރުގެ ބަދަލުގައި މިހާރު އެ ރޯލުން ފެނިގެންދަނީ ކަރަން ޕަޓޭލް އެވެ. ކަރަން އެ ޝޯ ދޫކޮށްލި ސީދާ ސަބަބު ނޭނގުނު ނަމަވެސް އޭނާ ކުރިން މީޑިއާގައި ދެއްކި ވާހަކަ ތަކުން ކަރަންގެ ހުރި ކަންބޮޑުވުންތައް ފާޅުވެފައިވެ އެވެ.

އޭގެ ފަހުން އިއްޔެ ކަރަން މީޑިއާގައި ބުނީ ކަސައުޓީގައި ކުޅެމުން އައި ރޯލު ކުޅުން ހުއްޓާލަން ޖެހުނީ އޭނާގެ ނިންމުމަކުން ނުވަތަ އެ ސިލްސިލާ އުފައްދާ ފަރާތުގެ މައްސަލައަކުން ނޫން ކަމަށެވެ. އޭނާ ބުނީ ކަސައުޓީގެ ޓީމުން ބޭނުންވީ ވީހާވެސް އަވަހަކަށް ޝޫޓިންތައް ފަށަން ކަމަށްވާތީ އެ ދުވަސްވަރުގެ ގޮތުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވީ ކަމަށެވެ.

އޭނާ ބުނެފައިވާގޮތުގައި ކޯވިޑް-19 ފެތުރޭވަރު އިންޑިއާގައި ކޮންޓްރޯލްވެފައި ނުވާތީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަން ބޭނުން ނުވަނީ އެވެ. ކަރަން ބުނީ މި ހާލަތު ނަައި ނަމަ އޭނާ އަދިވެސް ކަސައުޓީގެ ޓީމާއި އެކު މަސައްކަތް ކުރާތަން ސަޕޯޓަރުންނަށް ފެނުނީސް ކަމަށެވެ.

މިސްޓާ ބަޖާޖްގެ ރޯލު ކަރަން ޕަޓޭލް ކުޅެން ފެށުމުން އެ ޑްރާމާ އާއި މެދު ސަޕޯޓަރުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ކަރަން ގްރޯވަރު ދެއްކި ވަރުގެ ހުނަރެއް ކަރަން ޕަޓޭލްގެ ފަރާތުން އަދި ފެންނަމުން ނުދާ ކަމަށް އާންމުން ބުނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް