ޑައިރެކްޓް ކޮންޓެކްޓަކަށްވެ ޑރ. ނަޒްލާ ހޯމް ކަރަންޓީނަށް

ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެފައިވާތީ، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ހޯމް ކަރަންޓީން ވެއްޖެއެވެ. މިކަން ހާމަކުރަމުން ޑރ. ނަޒ...

14 Aug 2020 | 21:40

ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެފައިވާތީ، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ހޯމް ކަރަންޓީން ވެއްޖެއެވެ.

މިކަން ހާމަކުރަމުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވި، އާއިލާ މެމްބަރަކާ ދިމާވެފައިވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ހޯމް ކަރަންޓީން ވެފައިވާކަމަށެވެ.

"އަލްހަމްދުލިﷲ އަހަރެންގެ ހާލު ރަނގަޅު" ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ނަމަވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގޭގައި ހުރެގެން ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް