ވޯލްޑްކަޕުން އާޖެންޓީނާ ބޭރު ކުރަން 7.5 މިލިއަން މީހުން ސޮއިކޮށްފި!

ފީފާ ވޯލްޑް ކަޕުން އާޖެންޓީނާ ބޭރުކުރުމަށް ގޮވާލައި ފެށި އޮންލައިން ޕެޓިޝަނެއްގައި 7.5 މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. އާޖެންޓީނާ ބޭރު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންދާއިރު މި...

15 Jul 2026 | 10:51
އާޖެންޓީނާ ވޯލްޑުކަޕުން ބޭރު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ދަނީ ސޮއި ކުރަމުން --

އާޖެންޓީނާ ވޯލްޑުކަޕުން ބޭރު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ދަނީ ސޮއި ކުރަމުން --

ފީފާ ވޯލްޑް ކަޕުން އާޖެންޓީނާ ބޭރުކުރުމަށް ގޮވާލައި ފެށި އޮންލައިން ޕެޓިޝަނެއްގައި 7.5 މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

އާޖެންޓީނާ ބޭރު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންދާއިރު މިރޭ އެ ގައުމު ސެމީ ފައިނަލްގައި އިނގިރޭސިވިލާތާއި ބައްދަލު ކުރާނެ އެވެ. މި މެޗާއި މެދު ކަންބޮޑުވުންތައް ހުރި ކަމަށް އިނގިރޭސި ކޯޗާއި ފީފާއަށް ފާޑުކިޔާ މީހުން ވަނީ ބުނެފައި އެވެ.

އާޖެންޓީނާ އާއި ދެކޮޅު ޕެޓިޝަނެއް ހަދައިގެން އުޅެނީ "އާޖެންޓީނާއައުޓް ޑޮޓް ކޮމް" ކިޔާ ބައެކެވެ. އެމީހުން ނެރުނު ބަޔާނަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މި ޕެޓިޝަން ފެށުނީ ސެމީ ފައިނަލުގެ ދެވަނަ މެޗަށް އާޖެންޓީނާ ނުކުތުމުގެ ކުރިން ލިއޮނަލް މެސީގެ ޓީމަށް ރެފްރީން ފަރާތުން ނާޖާއިޒު ފައިދާ ދޭ ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.

އެ ކެމްޕެއިނުން ބުނެފައިވާ ގޮތުގައި ފީފާގެ ރެފްރީން އާޖެންޓީނާއަށް ބުރަވެފައިވާކަން ސާފު ކަމަށާއި ނަތީޖާ ކުރިއާލާ ނިމިފައިވާއިރު އެހެން ގައުމުތައް ވާދަ ކުރަންވީ ކީއްވެތޯ ސުވާލުކޮށްފައިވެ އެވެ. އެހެން ކަމުން އާޖެންޓީނާ މުބާރާތުން ބޭރުކޮށް އެހެން ގައުމުތަކަށް ހަމަހަމަ ފުރުސަތު ދޭން ގޮވާލާފައިވެ އެވެ.

މިރޭގެ މެޗަކީ މި މުބާރާތުގައި އެންމެ ފޯރިގަދަ ވާނެ މެޗު ކަމަށް ބެލެވެ އެވެ.

މެސީއާއި އެމްބާޕޭއާ ވާދަކޮށް ގޯލްޑަން ބޫޓަށް ވާދަކުރަމުންދާ އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން ބުނީ މިރޭގެ މެޗާ ގުޅިފައިވާ ޖަޒުބާތީ ކަންކަމުގެ ސަބަބުން ޓީމުގެ ސަމާލުކަން ކެނޑިގެން ނުދާނެ ކަމަށެވެ. ކޭން ބުނީ ކުޅުންތެރިއެއްގެ ނަޒަރުން ބަލާނަމަ މިއީ އެމީހުންނާއި ސްމާޓް ޓެކްޓިކަލް ފައުލް ހޯދަން ދަންނަ ގޭމް ސްލޯކުރަން ދަންނަ ބޮޑު ޓީމަކާ ދެމެދު ކުޅޭ މެޗެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް