އިތުރު 30 މީހަކު ކޯވިޑަށް ޕޮސިވް ވެއްޖެ

އިތުރު30 މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް 30 މީހަކު ޕޮސިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 29 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ޕޮސިޓިވްވެފ...

15 Jul 2020 | 17:32

އިތުރު30 މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް 30 މީހަކު ޕޮސިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 29 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 19 މީހެކެވެ. މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން2،321 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 482 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓްވެފައިވަނީ2،831 މީހުންނެވެ. މި ބަލީގައި14 މީހަކު ވަނީ މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1283448504707436545

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް