ޒަމާނުންސުުރެ ޖިންސީ ގޯނާގެ މައްސަލަތައް ހައްލު ކުރުމުގައި ދައުލަތް އޮތީ ނުކުޅެދިފައި: ރައީސް

ޒަމާނުންސުރެ ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ހައްލު ކުރުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެ އެވެ. ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ގ...

15 Jul 2020 | 14:43

ޒަމާނުންސުރެ ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ހައްލު ކުރުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެ އެވެ.

ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ގައުމީ ކެމްޕޭން، "ގެވެށި ގުޅުން" އިފްތިތާހްކޮށްދެއްވައި ރައީސް ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރުމުގެ މިފަދަ މައްސަކަތައް ހައްލުނުކޮށް ގައުމެއްގެ އަދި މުޖުތަމައު އެއްގެ ގޮތުގައި ކުރިޔަށް ނުދާނެ ކަމަށެވ. އަދި އެ ފަދަ މައްސަލަތަކުގައި އަނިޔާލިބޭ ފަރާތަށް ހިތްވަރު ދީ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޖިންސީ އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ސަރުކާރުން ކުރިއަށް ވުރެން ހަރުދަނާކޮށްފައިވާ ކަމަށެވެ. އެގޮތުން އަންހެނުންނަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދޭން ކުރާ މަސައްކަތް އިތުރުކުރުމަށް ސަރުކާރުން ކުރި އެއް ކަމަކީ ޖެންޑާ މިނިސްޓްރީ އަށް މި އަހަރު 294 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެެ

އަންހެނުންނަަށާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ރައީސް ވިދާޅުވި ގޮތުގައި ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުންދާ ފަނާކުރަނިވި މައްސަލަތަކެކެވެ. މުޖުތަމައުގައި ހުރި އެހެން ގިނަ މައްސަލަތަކެއް ގުޅެނީ ވެސް އެމައްސަލައާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ މި ހިސާބުން ނިންމައިލެވޭނެ ކަމެއް ނޫން ކަމަށާއި ގެވެށި އަނިޔާގެ މައްސަލަތަކާއި، ފަޚުރުވެރި ޢާއިލާއެއް ބިނާ ކުރުމަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތައް ނައްތައިލުމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަކަންގަބޫލުފުޅުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް