ގުޅިފަޅުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަނީ

ގުޅިފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ހެންވޭރު ހުޅަނގު ...

15 Jul 2020 | 13:25

ގުޅިފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރޭގައި ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި ކަމަށް ބެލެވޭ ގާތްގަނޑަކަށް 5،000 އާއިލާ އުޅޭނެ ކަމަށެވެ.

އެއީ މާލޭގައި ހާލުގައި ދިރިއުޅެމުންދާ ބައެއް ކަމަށާއި އެމީހުންނަށް ގުޅިފަޅުން ގޯތި ހަމަޖައްސަވާނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ބިމުގައި މިވަގުތު ބޯހިޔާވަހިކަމުގެ އެއްވެސް މަސައްކަތެއް ނުހިނގާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަސައްކަތްތަކެއް ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން އެޗްޑީސީން އިމާރާތްކޮށް އަދި މީހުންނަށް ނުވަދެވިފައި ހުރި ބައެއް ތަންތަން އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 6،700 ފްލެޓްތަކުގެ ހައްގުވެރިންގެ ނަންތައް މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާނުކުރަން ފަށާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ވާނީ އަށް މަސް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް