ފުރަބަންދަށް ފަހު ރާއްޖޭހެ އެއާޕޯޓްތައް މިއަދު ހުޅުވިގެން ދިއުމާއި އެކު، ފަތުރުވެރިންނާއި އެކު މަންތާ ސީޕްލޭންގެ ފުރަތަމަ ދަތުރު ބ އަތޮޅު އަދި ހދ އަތޮޅަށް ކޮށްފިއެވެ.
މަންތާ އެއާ އިން ފަތުރުވެރިނާއި އެކު ފުރަތަމަ ފްލައިޓުވެސް މިއަދު ވަނީ ބާއްވާފައެވެ.
ފަތުރުވެރިންނާއި އެކު، ދަތުރުތައް ފެށިގެން ދިއުމާއި އެކު، ފްލައިޓް ތަކުގެ ސަލާމަތީ ކަންކަންވެސް އާންމު ހާލަތާއި ގުޅޭ ގޮތަށް ވަރުގަދަ ކޮށް ދަތުރުވެރިންނަށް ފުރިހަމަ އިތުބާރާއި އެކު ދަތުރު ކުރުމުގެ ޔަގީންކަން އަރުވާކަމަށް މަންތާ އިން ބުނެފިއެވެ. އަދި ކުންފުނީގެ އަމާޒަކީ ދަތުރުތައް އަމާންކަމާއި އެކު ކުރެވިގެން ދިއުން ކަމަށްވެސް އެއާލައިނުން ބުނެއެވެ.
މީގެ އިތުރުން މަންތާއިން ބުނީ، ދަތުރުތައް ފެށިގެން ދިއުމާއިއެކު، މަންތާއިން ދެމުން ދިޔަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފްލައިޓްތައް ޗާޓަރު ކުރައްވަން ބޭނުންވާ ފަތާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމާއި، އަތޮޅު ތެރޭގައި ދެމުން ގެންދާ ސީޕްލޭންގެ ހިދުމަތްތައްވެސް ކުރިއަށްދާނެ ކަމުގެ އިތުރުން، ސީޕްލޭންތަކުން އާންމުންނަށް ދަތުރު ކުރެވޭނެ ކަން ވެސް މަންތާ އިން ވަނި ފާހަގަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް