ރިސޯޓެއްގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށި ރިސޯޓުގައި ވަޒީފާ އަދާކުރާ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެ...

15 Jul 2020 | 08:28

ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށި ރިސޯޓުގައި ވަޒީފާ އަދާކުރާ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ މުވައްޒަފު ޕޮޒިޓިވް ވީ މިއަދުގެ ވަގުތެއްގައި ކަމަށާއި މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ޕޮޒިޓިވް ވުމުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ މަސައްކަތް ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުރަތަމަ ޓެސްޓުން ޕޮޒިޓިވް ކަމަށް ދެއްކުމުން ދެވަނަ ޓެސްޓެއް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަން ކުރަމުން އަންނަނީ އެ ރިސޯޓުން އަމިއްލައަށް ކަމުގައިވެސް މައުލޫމާތު ލިބެއެވެ. އެ ރިސޯޓުގައި ޓެސްޓް ކުރެވޭނެ ނިޒާމް މިހާރު ވަނީ ގާއިމް ކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ރިސޯޓަކުން މީހަކު ޕޮޒިޓިވް ވެފައިމިވަނީ ގާތްގަނޑަކަށް ހަތަރު މަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް