އަދީބު މިނިވަން ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ގުޅުން ހުރި މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. މިކަން ހާމަ ކުރެއް...

15 Jul 2020 | 08:27

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ގުޅުން ހުރި މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިކަން ހާމަ ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

އަދި އިންތިޒާރު ކުރަމުން އަންނަނީ ހައިކޯޓުން އެ މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހަކަށް ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/HuShameem/status/1283306519589617667

އަދީބުގެ މައްސަލަ ނުބަލަން ނިންމުމުން އޭނާ މިނިވަން ވުމުން ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދައި އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ މައްސަލަތަކުގައި އަދީބަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް