މަރަދޫ ބަނދަރުގެ 92 ޕަސެންޓު މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

އައްޑޫ ސިޓީ މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 92 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ކީ ވޯލް ...

15 Jul 2020 | 06:44

އައްޑޫ ސިޓީ މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 92 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 18،873 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ކީ ވޯލް ލާނެ އެވެ. 340 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓަގެ ހެދުމުގެ މަސައްކަތް ކުރެވޭނެ ކަަމަށް އެ ކުންފުނިން ހާމަކުރިއެވެ.

މި މަޝްރޫއުގެ ތެރެއިން ބަނދަރުގެ ބްރޭކްވޯޓަ ހެދުމުގެ މަސައްކަތުގެ 65 ޕަސެންޓު މަސައްކަތް ނިންމައި ބަނދަރު ސަރަހައްދުގައި 1،975 ސްކެއަ މީޓަރުގެ ޕޭވްމަންޓެއް ހަދައި ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ، ބަނދަރުގެ އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު އެވެ. މި މަޝްރޫއުއަށް އެމްޓީސީން 25.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް