އަތޮޅު ޕޯޓްތަކުން އެތެރެކުރާ ސިނގިރޭޓް ނޫން ހުރިހާ މުދަލަކުން 50 ޕަސެންޓު ޑިއުޓީ މާފުކުރަނީ

އުތުރާއި ދެކުނުގެ ޕޯޓުތަކަށް އެތެރެކުރާ މުދަލުގެ ތެރެއިން ސިނގިރެޓް ނޫން ހުރިހާ މުދަލަކުން 50 ޕަސެންޓު ޑިއުޓީ ކަނޑާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފި އެވެ. ގަމު ދާއިރާގެ މެމްބަރު މުހައްމ...

15 Jul 2020 | 06:22

އުތުރާއި ދެކުނުގެ ޕޯޓުތަކަށް އެތެރެކުރާ މުދަލުގެ ތެރެއިން ސިނގިރެޓް ނޫން ހުރިހާ މުދަލަކުން 50 ޕަސެންޓު ޑިއުޓީ ކަނޑާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފި އެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަށް ދިރާސާ ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއިން ނިންމާފައިވަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެ ކުރާ ބައެއް މުދަލުގެ 50 ޕަސެންޓު ޑިއުޓީ ކަނޑާލާށެވެ.

އެގޮތުން ވަކިވަކިން ޗެޕްޓަރުތަކެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ސިނގިރެޓް ހިމެނޭ 96 ވަނަ ޗެޕްޓާ ވެސް ހިމެނެ އެވެ. އެމްޑީޕީގެ މެމްބަރުން ތަޅުމަށް ފޮނުވުމަށް ގިނަ އިސްލާހުތަކެއް ވަނީ މިބިލަށް ހުށަހަޅާފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ރޭ ވަނީ އެ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 އިންސައްތަ ޑިއުޓީ ކަނޑާލަން ޝަރުތެއް ހިމަނަންވެސް ފާސްކޮށްފައެވެ. އެގޮތުން އެ ސަރަހައްދެއްގެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ އެ ސަރަހެއްދެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ވާން ޖެހޭނެ ކަމަށް އިސްލާހުގައި ހިމަނާފައިވެއެވެ.

އެ އިސްލާހުތައް އެމްޑީޕީ ޕީޖީ ގުރޫޕުން ތަޅުމަށް ހުށަހެޅުމާއި، ވޯޓަށް އެހުންވެސް މިއަދުގެ ޖަލްސާގައި އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް