ތިން މަހަށް ފަހު ރާއްޖޭގެ ވައިގެ ބޯޑަރު އަލުން ހުޅުވައިފި

ތިން މަހަށް ފަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ވައިގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. ...

15 Jul 2020 | 06:10

ތިން މަހަށް ފަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ވައިގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

ބޯޑަރު ހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ގަތަރް އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުގައި 104 އެއްހާ ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުން ވޯޓާ ސެލިއުޓެއް އެރުވި އެވެ.

މި ފްލައިޓަށް މަރުހަބާ ކިޔުމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެއަށް މިއަދު އިތުރު ދެ އެއާލައިނެއްގެ ޝެޑިއުލ ދަތުރުތައް އޮންނާނެ އެވެ. އެއީ ސްރީލަންކަން އެއާލައިންސް އާއި މޯލްޑިވިއަން އެވެ.

މި މަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އިތުރު އެއާލައިންތަކުގެ ތެރޭގައި އޮމާން އޭއާ އާއި، މެލޭޝިއަން އެއާލައިންސް އަދި އެމިރޭޓްސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް