އަހަރު ނުފުރޭ ތުއްތު ކުދިންނަށް މާމުއި ނުދޭންވީ މިހެންވެ !

ޅަދަރި މައިންނަށް މިއީ އައު ވާހަކައަކަށް ނުވާނެއެވެ. އަހަރު ނުފުރޭ ތުއްތު ކުދިންނަށް މާމުއި ނުދިނުމަށް ޑަކުޓަރުންވެސް އިލްތިމާސް ކުރާނެއެވެ. އަދި އެފަދަ ތަކެތި ވިއްކާ ފިހާރަތަކުންވެސް، އަހަރު ނުފުރޭ ތ...

15 Jul 2020 | 01:06

ޅަދަރި މައިންނަށް މިއީ އައު ވާހަކައަކަށް ނުވާނެއެވެ. އަހަރު ނުފުރޭ ތުއްތު ކުދިންނަށް މާމުއި ނުދިނުމަށް ޑަކުޓަރުންވެސް އިލްތިމާސް ކުރާނެއެވެ. އަދި އެފަދަ ތަކެތި ވިއްކާ ފިހާރަތަކުންވެސް، އަހަރު ނުފުރޭ ތުއްތު ކުދިންނަށް މާމުއި ނުދިނުމަށް އިލްތިމާސް ކުރެއެވެ.

އަހަރު ނުފުރޭ ތުއްތު ކުއްޖާގެ ހަޖަމު ކުރުގެ ނިޒާމާއި ދިފާއީ ނިޒާމު އެއްކޮށް ފުރިހަމައެއް ނުވާނެއެވެ. އެކަމުގެ ސަބަބުން، ބައެއް ބެކްޓީރިއާއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ތުއްތު ކުއްޖާގެ ހަށިގަނޑު ނުކުޅެދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާމުއީގައި "Clostridium" ނަމަކަށް ކިޔާ ޖަރާސީމެއް ހުރުން އެކަށީގެންވެއެވެ. ފިލްޓާޑް މާމުއީގައިވެސް މި ބެކްޓީރިއާ ހުންނަ ކަމަށް ބައެއް ފަހަރު ދައްކައެވެ. އެހެންކަމުން ޗާންސަކަށް، ރިސްކެއް ނެގޭކަށް ނެތެވެ.

މި ޖަރާސީމަކީ ވެލީގައި އަދި ހިރަފުހާއި ކުނޑީގައި އެކުލެ ބެކްޓީރިއާއެކެވެ. މާމުއީގެ ޒަރީއާއިން ތުއްތު ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް މި ޖަރާސީމު ހިނގައްޖެނަމަ ކާނާ ވިހަވުން އަދި "Infant Botulism" ކިޔާ ބައްޔެއް ޖެހުމުގެ  ފުރުސަތު އޮވެދާނެ ކަމަށް ބުނެއެވެ. އަދި އެފަދަ ގޮތެއް މެދުވެރިވާން އެއް ދުވަސް ވެސް ނަގާފާނެ ކަމަށާއި އަދި މާމުއި ދޭތާ ގަޑިއެއްހާއިރުގެ ތެރޭގައިވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ކަމުގައި ބުނެއެވެ.

https://www.youtube.com/watch?v=hmV52VABUpM

އަދި ހާލަތު މާ ބޮޑަށް ގޯސްވާނަމަ ނިއުމޯނިއާ އަދި ޑީހައިޑްރޭޝަން ފަދަ ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގައިވެސް ބުނެއެވެ.

އެހެންކަމުން އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް މާމުއި ދިނުމުގެ ރިސްކު ނެގުމަކީ ހަމަ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ކަމަށް ނުބެލެވެއެވެ.

މާމުއީގެ ބަދަލުގައި ދޮންކެޔޮ، ކައްޓަލަ  ފަދަ ތަކެތި އަހަރު ނުފުރޭ ތުއްތު ދަރިފުޅަށް ދެވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް