މިހާރު އެދިވަޑައިގެންނަވަނީ ނަޝީދާއި ދެކޮޅަށް ވާހަކަ ދެއްކި މީހާގެ މައްސަލަ ނުބަލަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ފުލުހުން...

15 Jun 2020 | 14:03

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ނުބެލުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

އެކަމަކު މި މައްސަލަ ބެލުމަށް އެދި މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅީ ނަޝީދު އެދިވަޑައިގެންނެވުމުންނެވެ. އެމީހަކު އެވާހަކައެއް ދައްކާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކަމަށްވެ އެވެ. ނަޝީދު މި މައްސަލަ ބަލަން އެދިވަޑައިގެން ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގެންނަވީ އެ ވީޑިއޯގެ މައްސަލަ ދެން ނުބެލުމަށް ކަމަށެވެ. އެމަނިކުފާނާއި ދިމާލަށް މީހަކު އެއްޗެކޭ ބުނުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މަގުމަތިން ހިންގަވާއިރު ވަރަށް ގިނަ މީހުން އެއްޗެހި ކިޔާ ކަމަށާއި އެކަމަކު އެކަމައިގެން ދެފައި އެއްތާ ނުޖެހިގެން ނޫޅުއްވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވި އިރު އެމަނިކުފާނުގެ އެދިވަޑައިގެންނެވުމަށް މަޖިލީހުން ވަނީ ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ އެމަނިކުފާނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ބުނި މައްސަލަ ބަލައި ދިނުމަށް ހުށަހަޅުއްވާފައި އެވެ. އަދި އެ ވާހަކަތައް ބްރޯޑްކާސްޓު ކުރި ޓީވީ ޗެނަލްގެ މައްސަލަ ބަލަންވެސް ހުށަހެޅުއްވި އެވެ.

ކުއްލިއަކަށް ނަޝީދު އެ މައްސަލަ ނުބެލުމަށް އެދިވަޑައިގެންފައި މިވަނީ އިއްޔެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަގުމަތިން ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފުލުހުންނަށް ހުށަހެޅުއްވުމުންނެވެ. އެމްޑީޕީން ބުނެފައިވަނީ އެއީ މައްސަލައެއް ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް