މަސްތުވާތަކެތީގެ ބޮޑު ނެޓް ވޯކެއް ހުޅުމާލެއިން އަތުލައިގެންފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 6.8 ކިލޯގްރާމްގެ ކެނަބިސް އަތުލައިގެންފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ އެ ތަކެތީގެ މަގުމަތީ އަގު5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މި މައްސަލައިގަ ތިން މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. އެއީ ހުސް ދިވެހިންނެވެ.
https://twitter.com/M_Hameedh/status/1272491142861344768
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ހައްޔަރު ކުރެ އެވެ.
މި ފަހަކުން އަތުލައިގެންފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް