ސުޝާންތް އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ނުކުރާ އެތައް ބަޔަކު!

ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންގ ރާޖްޕުޓް އަމިއްލައަށް ދަންޖެހިގެން މަރުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ. އުމުރުން34 އަހަރުގެ ސުޝާންތު ދަންޖެހިފައި ހުއްޓަ ފެނުނީ އިއް...

15 Jun 2020 | 12:15

ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންގ ރާޖްޕުޓް އަމިއްލައަށް ދަންޖެހިގެން މަރުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އުމުރުން34 އަހަރުގެ ސުޝާންތު ދަންޖެހިފައި ހުއްޓަ ފެނުނީ އިއްޔެ ހެނދުނު މުމްބާއީގައި ހުންނަ އޭނާގެ ގޭގައި އެވެ. ފުލުހުން ބުނީ ބެލި ބެލުންތަކުން އޭނާ ދިޔައީ ޑިޕްރެޝަނަށް ބޭސް ބޭނުން ކުރަމުން ކަމަށެވެ. އެހެންވެ އަމިއްލައަށް މަރުވީ ޑިޕްރެޝަންގައި ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާ ގުޅިގެން ސުޝާންތުގެ ބޮޑުބޭބެ މީޑިއާގައި ބުނެފައިވަނީ އޭނާ އަމިއްލައަށް މަރުވެދާނެ ކަމަށް އާއިލާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަން ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވެ އެވެ.

ސުޝާންތު އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރަން ދަތިވީ އާއިލާއަށް އެކަންޏެއް ނޫނެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ވަނީ އޭނާ އާއި އެކު ދެކެވިފައިވާ ވާހަކަތައް ބަލާއިރު ސުޝާންތަކީ އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރެވޭ މީހެއް ނޫންކަމަށް ބުނެފައި އެވެ.

އެކްޓަރު އަކްޝޭ ކުމާރު ސޯޝަލް މީޑީއާގައި ބުނެފައިވާގޮތުގައި ސުޝާންތު އަމިއްލައަށް މަރުވި ހަބަރީ ހައިރާންވި އަދި ބަސް ހުއްޓުނު ހަބަރެއް ކަމަށެވެ. އަކްޝޭ ބުނީ ސުޝާންތު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް ހުރި ޝައުގުވެރި ކަމުގެ ވާހަކަ ޑައިރެކްޓަރެއްގެ ކައިރީގައި ދައްކާ އަޑު އެހިކަމަށާއި އެހާ ހިތްވަރާއި އެކު މަސައްކަތް ކުރަމުންދިޔަ މީހަކު އަމިއްލައަށް މަރުވުމުން ހަގީގަތުގައިވެސް ގަބޫލު ކުރަން ދަތި ކަމަށެވެ.

ޑައިރެކްޓާ އަނޫރާގް ކަޝަބް ވަރަށް ކުރުކޮށް ބުނެފައިވާގޮތުގައި ސުޝާންތު އަމިއްލައަށް މަރުވިކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.

ސުޝާންތުގެ މަރާއި އެކު ގިނަ ބޮލީވުޑްގެ ތަރިންނަށް ވަނީ ހައިރާންކަން ގެނުވާފައި އެވެ. އެއީ ކުއްލިއަކަށް ބޮލީވުޑްގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބަތަލަކު ކުއްލިގޮތަކަށް އަމިއްލައަށް މަރުވުމުންނެވެ.

އޭނާ މަރުވުމުގެ ކުރިން ހެނދުނު 9:30 ގައި އޭނާގެ ދައްތަ އަށް ގުޅި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ފޯނު ކޯލަށް ފަހު އޭނާގެ ގާތް އެކުވެރިޔާ މަހޭޝް ޝެޓީއަށް ގުޅާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައިވަނީ އޭނާގެ ކުރީގެ މެނޭޖަރު ދިޝާ ސަލިއަން މިފަހުން އަމިއްލައަށް މަރުވެފައި ވަނިކޮށެވެ.

ސުޝާންތު އަމިއްލައަށް މަރުވިކަން ގަބޫލު ކުރަން ގިނަ ބަޔަކަށް ދަތިވެފައިވާއިރު ހަށިގަނޑަށް ލިބިފައި ހުރި ގެއްލުންތައް އެނގިގެންދާނީ އޭނާގެ އޮޓޯޕްސީ ރިޕޯޓް ލިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް