ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަތޮޅު ތެރޭގައި އެޅި ހުރިހާ ފިޔަވަޅެއް އުުވާލައިފި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން މާލެ ސަރަހައްދު ފިޔަވަވައި އަތޮޅު ތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ހުރިހާ ފިޔަވަޅުތަކެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
އެ އެންގުމުގައި ވަނީ ރައްޔިތުންގެ ފަރާތުން ކޯވިޑް ކޮންޓްރޯލް ކުރުމަށް ލިބެމުންދިޔަ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައި އެވެ.
ޑައިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދިއުން މިއަދާއި ހަމައަށް އޮތީ މަނާ ކުރެވިފައި އެވެ. ރަށްރަށުގައި އެއް ތަނަކަށް ގިނަ ބަޔަކު އެއްވުމާއި، މައިޒާންތަކުގައި މީހުން ތިބުން އޮތީ މަނާކުރެވިފައި އެވެ.
ކޮންމެހެން ނުކުންނަން ޖެހޭ ކަމެއްގައި ނޫނީ ބޭރަށް ނުނުކުތުމަށް އޮތީ އެންގިފައި އެވެ. ކުޅިވަރުތައް ކުޅުން އޮތީ މަނާކުރެވިފައި އެވެ.
އެޗްޕީއޭގެ މި އެންގުމާއި އެކު ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، އެއް ރަށުން އަނެއް ރަށަށް ދެވޭނެ އެވެ. އަދި ގނަ ބަޔަކު ބައިވެރިވެގެން ކުޅޭ ކުޅިވަރުތައްވެސް ކުޅެވޭނެ އެވެ.
އެކަމަކު އަދިވެސް އެޗްޕީއޭއިން އިލްތިމާސް ކުރަނީ ކޮންމެހެން ދާން ނުޖެހޭނަމަ އެއް ރަށުން އަނެއް ރަށަށް ނުދިއުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް