މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ވީބީ މާޓުގެ އަށް މުވައްޒަފަކު ހިމެނޭތީ އެ ކުންފުނީގެ ހުރިހާ ވިޔަފާރިތަކެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
މޮނިޓަރިންއަށް ގެނައުމާއި އެކު އެ ކުންފުނިން ހިންގާ ހުރިހާ ފިހާރައެއް ވަނީ14 ދުވަހަށް ބަންދުކޮށްފައި އެވެ ވީބީން ބުނީ މިހާތަނަށް ޑެލިވަރީ ނުކުރެވި ހުރި އޯޑަރުތަކަށް ދެން ޑެލިވަރީ ކުރެވޭނީވެސް ޑިސްއިންފެކްޓުކޮށް މޮނިޓަރިންއިން ފިހާރަތަށް ނެގުމުން ކަމަށެވެ.
މިއަދު ޕޮސިޓިވްވި ވީބީގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ ތިން ބިދޭސީއަކާއި މާފަންނު ފިހާރައިގައި މަސައްކަތްކުރާ ހަތަރު މީހުން ހިމެނެ އެވެ. ޕޮސިޓިވްވި މުވައްޒަފުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވީބީން ބުންޏެވެ.
އެޗްޕީއޭގެ މި ނިންމުމާއެކު ވީބީގެ ހުރިހާ އޮޕަރޭޝަންތަކެއް ވަނީ ހުއްޓިފަ އެވެ. މި ދަނޑިވަޅު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
ވީބީން ބުނީ އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ފަހު ވީހާ ވެސް އަވަހަކަށް އަލުން ހިދުމަތް ދޭން ކަމަށެވެ. އެގޮތުން އާ ޓީމެއް މަސައްކަތަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެވެ.
މިހާތަނަށް ރާއްޖެއިން1،020 މީހުން ވައިރަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު މި ބަލީގައި މަރުވެފައިވާއިރު46 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް