ރާއްޖެއިން އިންޑިއާއަށް ދިޔަ އިތުރު ހަ މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިންޑިއާއަށް ދިޔަ އިތުރު ހަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ތަމިލްނާޑޫ ސްޓޭޓްގެ ޑިޕާޓްމެންޓް އޮފް ހެލްތު އެންޑް ވެލްފެއާއިންނެވެ. އެ ޑިޕާޓްމެން...

15 May 2020 | 16:12

ރާއްޖެއިން އިންޑިއާއަށް ދިޔަ އިތުރު ހަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ތަމިލްނާޑޫ ސްޓޭޓްގެ ޑިޕާޓްމެންޓް އޮފް ހެލްތު އެންޑް ވެލްފެއާއިންނެވެ.

އެ ޑިޕާޓްމެންޓުގެ މިއަދުގެ ބުލެޓިންގައި ބުނެފައިވާގޮތުގައި ތަމިލްނާޑޫ ސްޓޭޓުން މިއަދު އެކަނި 434 ކޭސްއެއް ފެނިފައިވެއެވެ. މިއަދަދާއެކު ތަމިލްނާޑޫގައި ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ 10 ހާހުން މައްޗަށް ގޮސްފައެވެ. އެ ސްޓޭޓުން މަރުވި މީހުންގެ އަދަދަކީ 71 އެވެ.

މިއަދުގެ ބުލެޓިންގައި ބުނެފައިވާގޮތުގައި ރާއްޖެއިން ދިޔަ ހަ މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އެއީ އެ ސްޓޭޓްގެ ޕާދޫ ކޮއްތައި އަވަށުން އެކަކާއި ކަންޔާ ކުމާރީން ހަތަރު މީހަކާއި ޗެންނާއީން އެކަކެވެ.

މިއާއެކު މިހާތަނަށް ހާމަވެފައިވާ މައުލޫމާތަށް ބުރަވާއިރު ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވްވި އިންޑިއާ މީހުންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ. އެއީ ތަމިލްނާޑޫ ސްޓޭޓުން މިއަދު ޕޮޒިޓިވްވި ހަ މީހުންނާއި ޓްރިޗީން ޕޮޒިޓިވްވި ދެމީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް