ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އުތުރާއި މެދުރާއްޖެ ތެރެއަށް ނެރެފައިވާ ޔެލޯ އެލާޓުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ޔެލޯ އެލާޓުގެ ވަގުތުު އިތުރުކޮށްފައިވަނީ މިރޭ7:00 ން10:00 އަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިވަގުުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ އެވެ.
އާންމު ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ28 މޭލާއި35 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. އެކަމަކު ވިލާގަނޑުގައި55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ޔެލޯ އެލާޓުގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އޮތީ މިރޭ 11:00 ގެ ނިޔަލަށް ވައިޓް އެލާޓުވެސް ނެރެފައި އެވެ. އަދި މިއަދު ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮރެންޖް އެލާޓު ނެރެފައިވެ އެވެ.
އޮރެންޖު އެލާޓު ނެރެނީ63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށް، އާދަޔާ ހިލާަފަށް ބާރަށް ގުގުރުމާއި އެކު ހަ ގަޑިއިރު ތެރޭގައި120 މިލިމީޓަރުގެ ވާރޭ ވެހެފިނަމަ އެވެ. އަދި ކުރިޔަށް އޮތް12 ގަޑިއިރު ތެރޭގައި ތޫފާނެއް ރާއްޖެ މަތިން ހުރަސް ކުރާނެ ކަމަށް ލަފާ ކުރެވޭނަމަ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވެ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް