މޫސުން ގިންތިކުރާ ކްރިޓީރިއާ ރިވިއު ކުރި ފަހުން މިއީ ރާއްޖޭގައި ފުރަތަމަ ނެރުނު އޮރެންޖް އެލާޓްކަން މެޓް އޮފީހުން ހާމަކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ މިއަހަރުގެ ތެރޭގައި ކްރިޓީރިއާތައް މިވަނީ ރިވިއު ކޮށްފައި ކަމަށާއި، މި ރިވިއު ކުރި ފަހުން ނެރުނު، މިއީ ފުރަތަމަ އޮރެންޖް އެލާޓް ކަމަށެވެ.
އޭނާ ވިދާޅުވީ ކަނޑު ދަތުރުކުރުން ހަމަ އެއްގޮތަކަށްވެސް ރަނގަޅު ނޫން ކަމަށެވެ. ކަނޑު ދަތުރުތައް މިވަގުތު ނުކޮށް މަޑުޖައްސާލުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާގެ މެންދުރު ވަގުތެއްގައި ކޮޅިގަނޑަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި މިހާރު މި ކުރާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރެއްގެ ސަބަބުން އަންނަ ކެރި ކަމަށާއި، މިހާ މޫސުން ގޯސްވެގެން މިދަނީ ކޮޅިގަނޑާއި ލޯ ޕްރެޝަރު ގާތްވަމުންދާތީ ކަމުގައިވެސް ހާފިޒް ވިދާޅުވިއެވެ.
އޮރެންޖް އެލާޓް ނެރެފައިވަނީ ނެރެފައިވަނީ ބ .އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ލަފާކޮށްފައިވަނީ އާންމު ގޮތެއްގައި ވައި 34 މޭލާއި 40 މޭލު ބާރުމިނުގައި ހުރުން އެކަށީގެންވާކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ. އޮރެންޖް އެލާޓަކީ އިންޒާރުގެ އެލާޓެއް ކަމުގައި މެޓް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް