މޫސުން އިންތިހާއަށް ގޯސްވެ، ރާއްޖޭގައި މި ފަހަކަށް އައިސް ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓް، އިންޒާރުގެ އެލާޓް ނެރެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އޮރެންޖް އެލާޓަކީ އިންޒާރުގެ އެލާޓް ކަމަށެވެ.
މި އެލާޓް ނެރެފައިވަނީ ބ .އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ލަފާކޮށްފައިވަނީ އާންމު ގޮތެއްގައި ވައި 34 މޭލާއި 40 މޭލު ބާރުމިނުގައި ހުރުން އެކަށީގެންވާކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.
"އޮރެންޖަކީ ޔެލޯއަށްވުރެ ތަންކޮޅެއް މަތި، އެއީ އިންޒާރުގެ އެލާޓެއް، ވޯނިން އެލާޓެއް، ޔެލޯއަކީ އެޑްވައިޒަރީ އެލާޓް، އަދި ހުދަކީ އިންފޮމޭޓިވް އެލާޓް" މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.
މިއީ މޫސުމީ ގޮތުން ރާއްޖޭގައި ނެރުނު ފުރަތަމަ އޮރެންޖު އެލާޓްތޯ އެހުމުން މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ އެ ކަށަވަރުކޮށްލަން ވަގުތުކޮޅެއް ބޭނުންވާނެ ކަމަށެވެ.
ނަމަވެސް ފާއިތުވި އަހަރެއް، ދެ އަހަރުގެ ތެރޭގައި އޮރެންޖް އެލާޓެއް ނެރެފައިނުވާކަމަށް ބެލެވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް