ނ. މަނަދޫން އިތުރު ނުވަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ފޯނަށް ޖަވާބު ނުދެއްވާތީ، އެ ރަށު ކައުންސިލްގެ ބަހެއް ދުވަހަށް ލިބިފައެއް ނުވެއެވެ.
ނަމަވެސް މިހާރު ނޫހަށް އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ މަނަދޫން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާއި ކޮންޓެކްޓްވި މީހުންގެ ތެރެއިން ނުވަ މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އަންގާފައިވާކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ ޕޮޒިޓިވް ވި މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބި ބައެއް ކަމަށެވެ.
މަނަދޫން ފުރަތަމަ ޕޮޒިޓިވްވީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭނާ ޕޮޒިޓިވްވީ، ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މާލެ ގެނެސް، އައިޖީއެމް ގައި ފަރުވާދެމުންދިޔަ އިރު އައިޖީއެމް ހޮސްޕިޓަލުން އޭރު ހެދި ޓެސްޓަކުންނެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް