ފޮޓޯ/ވީޑިއޯ: ވެސްޓް ޕާކު ސަރަހައްދުން ތޮށި މައްޗަށް އުރުނު ދޯނި މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑު

ކާށިދޫން މާލެ އައި ދޯންޏެއް، ވެސްޓް ޕާކު ސަރަހައްދުން މާލޭ ތޮށިމައްޗަށް މިއަދު އުރިފައިވާއިރު މަދު ވަގުތުކޮޅެއްގައި އެ ދޯނި ފުނޑުފުނޑުވެ އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ އެ...

15 May 2020 | 10:57

ކާށިދޫން މާލެ އައި ދޯންޏެއް، ވެސްޓް ޕާކު ސަރަހައްދުން މާލޭ ތޮށިމައްޗަށް މިއަދު އުރިފައިވާއިރު މަދު ވަގުތުކޮޅެއްގައި އެ ދޯނި ފުނޑުފުނޑުވެ އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ އެ ދޯނީގައި ހުރީ ކާށިދޫން ގެނައި މުދާ ކަމަށާއި އެ ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު މީހަކު ތިބި ކަމަށެވެ. މީހުން ސަލާމަތްވެ އެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

01:00 ހާއިރު ހިނގި އެ ހާދިސާގައި އުރުނު ދޯނި، 02:00 ހާއިރު އެވަނީ ފުނޑުފުނޑުވެ އަޑިއަށް ގޮސްފައެވެ. އެހާވެސް މޫސުން ގޯހެވެ. އިންތިހާއަށް ވައި ގަދައެވެ.

މި ހާލަތުގައި، ކަމާ ބެހޭ މުއައްސަސާތަކުން ދޭ އިރުޝާދުތަކުގެ އަޑުއަހައި، ކަނޑު ދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުން މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް