ފޮޓޯ: ގަދަވަޔާއެކު ބައެއް ގަސް ވެއްޓި ދެ ތަނެއްގެ ފުރާޅު އެއްލާލާފައިވާއިރު ޤައުމީ ހިދުމަތުގައި ސިފައިން

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވެއެވެ. މާލެ ސަރަހައްދަށް ގަދަ ވަޔާއެކު ކު...

15 May 2020 | 09:58

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވެއެވެ.

މާލެ ސަރަހައްދަށް ގަދަ ވަޔާއެކު ކުރި ވިއްސާރައިގާ ބައެއް ގަސް ވެއްޓި، ދެ ތަނެއްގެ ފުރާޅު އެއްލާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން ހެންވޭރު ސަހަރާ ކައިރިންނާއި، މާވެޔޮ މަގުންނާއި، ދިވެހިރާއްޖޭގެ އަޑުގެ ކައިރިންނާއި މުލިއާގެ ސަރަހައްދުގައި ހުންނަ ކޮއްތު ހަޓުންނާއި ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ބައެއް ގަސް ވެއްޓިފައިވާކަމަށް ބުނެފައިވެއެވެ.

އަދި ވައިގަދަވެ ފުރާޅު އެއްލާލައިގެންވެސް، އެސްޓިއޯ ފުއް ގުދަނުގައްޔާއި ގަލޮޅު ސައްލިގޭގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް