ކާށިދޫން މާލެ ދަތުކުރި ދޯންޏެއް ވެސްޓްޕާކު ކައިރިން ތޮށިމައްޗަށް އުރިއްޖެ

ކ. ކާށިދޫން މާލެ ދަތުރުކުރި ދޯންޏެއް، ވެސްޓްޕާކް ސަރަހައްދުގެ ސީ ވޯލް ތޮށިގަނޑަށް އުރިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވ...

15 May 2020 | 08:59

ކ. ކާށިދޫން މާލެ ދަތުރުކުރި ދޯންޏެއް، ވެސްޓްޕާކް ސަރަހައްދުގެ ސީ ވޯލް ތޮށިގަނޑަށް އުރިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ދޯނި އުރުނު އިރު އެ ދޯނީގައި ހަތަރު މީހަކު ތިބި ކަމަށެވެ.

މެންދުރު 01:00 ހާއިރު މި ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާނެ ކަމަށާއި ދޯނީގައި ތިބި މީހުން ސަލާމަތުން ވަނީ އެއްގަމަށް އަރާފައި ކަމަށްވެސްވެސް އާޒިމް ވިދާޅުވިއެވެ. އެންމެންގެ ހާލު ރަނގަޅު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ދޯނީގައި ހުރީ ކާށިދޫން މާލެއަށް ގެނައި ތަކެތި ކަމަށެވެ.

މި ދޯންޏަށް މިފަދަ ހާދިސާއެއް ދިމާވެފައިވާއިރު މިހާރު ރާއްޖެއަށް ކުރަމުން އަަންނަ ވިއްސާރައިގާ ވައިގަދަވެ، ބައެއް ގެއްލުންތައް އަންނަނީ ވަމުންނެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން އެލާޓްވެސް ނެރެފައިވެއެވެ. އަދި ކަނޑުދަތުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް