ޒަރޫރީތަކެތި ގަތުމަށް ބާޒަރަށް ދިއުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހަށް ދޫކުރަން އަންނަ ހުއްދަ ދޭ އުސޫލަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ފުލުހުން ބުނީ ތިން ދުވަހުން އެއް ދުވަހު ބާޒާރު ކުރުމަށް ދޫކުރާ ހުއްދަ ދެން ދޫކުރާނީ ހަފްތާއަކު އެއް ފަހަރު ކަމަށެވެ. ފުލުހުން ބުނީ މި ބަދަލާއި އެކު މިހާރު ހުއްދައަށް އެދިފައިވާ ފަރާތްތަކުގެ ގަޑިތަކަށް ގެނެވުނު ބަދަލު އާ މެސެޖަކުން ލިބޭނެ އެވެ.
މި ބަދަލު ގެނައި ކަމަަަށް ވިޔަސް އަލުން ޕޯޓަލްގައި ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ފުލުހުން ބުނެ އެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ފުލުހުން ދޫކުރާ މި ހުއްދައިގެ ދަށުން ޒަރޫރީ ތަކެތި ގަންނަން ދެވެނީ ވަކި ސަރަހައްދުތަކަކަށެވެ. އެ ސަރަހައްދުން ބޭރުވެއްޖެ ނަމަ ބަލާނީ ލޮކްޑައުން ގަވައިދާ ހިލާފުވި ކަމަށެވެ.
ފުލުހުން ބުނީ މާލެ ލޮކްޑައުުން ކުރި ފަހުން ކޮންމެ ދުވަހަކު6،000 އަށްވުރެ ގިނަ ފަރާތްތަކަށް ބާޒާރަށް ދިއުމުގެ ހުއްދަ ޕޯޓަށް މެދުވެރިކޮށްދޭ ކަމަށެވެ.
އެކަމަކު އެ ހުއްދަ އިތުރަށް ހަރުކަށިކޮށް ހަފްތާއަކު އެއްފަހަރު ބާޒާރާށް ދެވޭގޮތަށް ހުއްދަ ބަދަލު ކުރަން ނިންމީ ވައިރަސްގައި މިމަހުގެ ކުރިޔަށް އޮތްތަނުގައި ބޮޑު ސާޖެއް އައިސް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ސިއްހީ މާހިިރުން ލަފާކޮށްފައިވާތީ އެވެ. ކުރިޔަށް ވުރެ ގިނައިން މިހާރު ފުލުހުން މާލޭ މަގުމަތީގައި ހަރަކާތްތެރިވަމުންދާއިރު ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކަށް އަވަސް ގޮތެއްގައި ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް