ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ސަރަހައްދުތަކަށް މިއަދު ހެނދުނު 08:00 އިން ފެށިގެން ހެނދުނު 11:00 އާއި ހަމައަށް އާއްމުވައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދު ހުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
https://twitter.com/MetMaldives/status/1261129044298522634
މޫސުމާއިބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސް ކޮށްފައިވެއެވެ.
https://twitter.com/MNDF_Official/status/1261116164232503297
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް